ފާއިތުވެދިޔަ 20 އަހަރުތެރޭ ކަރިކިއުލަމް މެނޭޖް ކުރުމަށް، ތަފާތު އެކި
ސޮފްޓްވެއަރތައް ހެދި، އެ ސޮފްޓްވެއަރ ތައް ޑޭޓާބޭސްތަކާ ގުޅުވާލެވިފައިވެއެވެ.
މިގޮތުން އެކުލަވާލެވޭ ތަމްރީން އާލާތްތަކާއި، އިވެލުއޭޝަން ޓޫލްތައް މި
ވިއުގައިގައި ހިމެނިފައިވެއެވެ. މިގޮތުގެ މަތީން ލަރިނިންގ މެނޭޖްމެންޓް ސިސްޓަމް
ވުޖޫދުކުރެވިގެން ދިޔައެވެ (އީ-ލަރނިންގ އިންޑަސްޓްރީ،
2015).ލަރނިންގ މެނޭޖްމެންޓް ސިސްޓަމަކީ، ޢާންމުގޮތެއްގައި
ކިޔަވައިދޭ މަރުކަޒުތަކާއި ކުންފުނިތަކުން، އެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް
މަޢުލޫމާތު އަދި ތަޢުލީމާއި ގުޅުންހުރި ރިސޯސަސް ފޯރުކޮށްދޭ ވެބް-ބޭސްޑް
އެޕްލިކޭޝަނެކެވެ (މައިންޑްފްލޭޝް، 2015). މިއީ ކިޔަވައި ދިނުމުގައި ވަރަށް
ބޭނުންތެރި، އަދި ވަރަށް
ފައިދާކުރަނިވި ވަޞީލަތެކެވެ. މި ވަޞީލަތް ބޭނުންކޮށްގެން ފަސޭހަކަމާއެކު،
ކިޔަވައިދޭ ކޮންޓެންޓް ޙިއްސާ ކުރުމާއެކު، ބައިވެރިންގެ އިސްނެގުމާއި ހުށަހެޅުން
މޮނިޓަރކޮށް، އެސެސްމެންޓް ހެދުމަށްވެސް ފަސޭހަކޮށްދެއެވެ. އެލް.އެމް.އެސް ގެ
ޕްރޮޑަކްޓްތަކުގެ އެހީގައި ކޮންމެ އުނގަންނައިދޭ މަރުކަޒަކަށްވެސް، އިލެކްޓްރޯނިކް
ކޯސްވަރކް ތައްޔާރުކޮށް، ވަރަށް ފަސޭހަކަމާއެކު ކޯސް ހިންގުމުގެ މަގުހުޅުވާލަދެއެވެ
(މައިންޑްފްލޭޝް، 2015).
މިހާރު އެލް.އެމް.އެސް ވަނީ އުނގަންނައިދިނުމުގެ ރޮނގުގައި ވަރަށް ވަރުގަދަ
އުކުޅަކަށް އަދި ވަޞީލަތަކަށް ވެފައެވެ. މީހުން ތަމްރީން ކުރުމުގައި، ކުރު އަދި
ދިގުމުއްދަތުގެ ކޯސްތައް ކުރިޔަށް ގެންދިޔުމުގައި، ކޮންޓިނުއިންގ އެޑިޔުކޭޝަނެއް
މަސައްކަތްކުރާ ފަރާތްތަކަށް ފޯރިކޮށްދިނުމުގައި އެލް.އެމް.އެސް ގެ ބޭނުން
އަންނަނީ ވަރަށް ރަނގަޅު ގޮތުގައި ހިފެމުންނެވެ. މި ބަދަލު ޢާންމުގޮތެއްގައި
ފެންނަމުންދަނީ ޒަމާނީ ވައްޓަފާޅިއަށް އުނގަންނައިދިނުން ބަދަލުވަމުންދާ ކިޔަވައިދޭ
މަރުކަޒުތަކާއި ކުންފުނިތަކުންނެވެ(އީ-ލަރނިންގ އިންޑަސްޓްރީ، 2015). އެންމެ
ފުރަތަމަ މި ނިޒާމް ބޭނުންކުރެވުނީ ސްކޫލު ތަކުގައި އީ-ލަރނިންގ ތަޢާރަފްކޮށް
ހަރުލައްވަން ކަމުގައިވީނަމަވެސް، މިހާރު ކުންފުނިތަކުން، އެ ކުންފުނި ތަކުގެ
މުވައްޒަފުން އަޕްޑޭޓް ކުރުމަށްވެސް މި ވަޞީލަތް ބޭނުންކުރެއެވެ. ހަމަ އެހެންމެ،
އިވެލުއޭޝަން ސިސްޓެމްގެ އެހީގައި، ކުންފުނީގެ ޕަރފޮރމެންސް ބަލާ، ރެގިއުލޭޓް
ކުރުމުގައިވެސް އެހީތެރިވެދެއެވެ(މައިންޑްފްލޭޝް، 2015).
ލަރނިންގ
މެނޭޖްމެންޓް ސިސްޓަމްގައި ހިމެނޭ ބައިތައް:
އަދުގެ ޓެކްނޮލޮޖީ ތަރައްޤީވެފައިވާ
މިންވަރަށް ބަލާނަމަ، 600 ވައްތަރުގެ ލަރނިންގ މެނޭޖްމެންޓް ސިސްޓަމް ބާޒާރުގައި
ގަންނަން ލިބެން އެބަހުއްޓެވެ(އީ-ލަރނިންގ އިންޑަސްޓްރީ، 2015). ކޮންމެ
ވައްތަރަކީ، ކޮންމެ ފަރުމާއަކަށް ޚާއްސަވެގެން، އެކި ބޭނުންތަކުގެ މައްޗަށް
އުފެދިފައިވާ ވަކިވަކި ސިސްޓަމްތަކެވެ. މިއިން ކޮންމެ ސިސްޓަމެއްގައިވެސް އެއްގޮތް
ކަންތައްތަކެއް ވެއެވެ. އެއީ، މިފަދަ ކޮންމެ އީ-ލަރނިންގ ޕްލެޓްފޯރަމަކުންވެސް
ފެންނާނެ ފީޗަރސްތަކެކެވެ. މިފަދަ ފީޗަރސްތަކުގެ ތެރޭގައި:
Ø ރޯސްޓަރސް: މިއީ ހާޟިރީ ބެލުމަށް އެކުލަވާލެވިފައިވާ އެޓެންޑެންސް
ޝީޓެކެވެ. މި ޝީޓުގެ އެހީގައި، ސިސްޓަމަށް އެ ވަގުތަކު ވަދެ ތިބި ހުރިހާ ކުދިން
ދެނެގަނެވޭނެއެވެ. އަދި ހަމަ އެހެންމެ، އިތުރު ކުދިން ބައިވެރިވުމަށް ދަޢުވަތުވެސް
ފޮނުވިދާނެއެވެ.
Ø ރެޖިސްޓްރޭޝަން ކޮންޓްރޯލް: މިފަދަ އީ-ލަރނިންގ ސިސްޓަމަކުން އެ ކަރިކިއުލަމެއްގައި
ބައިވެރިވުމުގެ ރެޖިސްޓްރޭޝަން ޕްރޮސެސް ކަސްޓަމައިޒްކޮށް މޮނިޓަރކުރުމަށް
އެހީވެދެވެއެވެ.
Ø ޑޮކިއުމެންޓް މެނޭޖްކުރުން: މި ފަދަ ސިސްޓަމެއްގެ އެހީގައި، އެއްވެސް އުނދަގުލެއްނެތި
ޑޮކިއުމެންޓް އަޕްލޯޑުކޮށް ޝެއަރ ކުރުވެއެވެ.
Ø ކޯސް ކަލަންޑަރެއް އެކުލަވާލުން: ކޯހުގެ ބައިވެރިންނަށް، އެސައިންމެންޓްތަކުގެ
މުއްދަތު ހަމަވާ ތާރީޚާއި އެނޫންވެސް މުހިންމު ތާރީޚުތައް އެންގުމަށް ކަލަންޑަރެއް
އެކުލަވާލެވިދާނެއެވެ. މީގެ ސަބަބުން، ވަކިވަކިން ފޮނުވަންޖެހޭ އެންގުން
ފަސޭހަކަމާއެކު ފޮނުވުމަށް މަގުފަހިކޮށްދެވެއެވެ.
Ø ކުދިންގެ ބައިވެރިވުން: ޢާންމުގޮތެއްގައި، އީ-ލަރނިންގ ސްޕޭސް ބޭނުންކޮށްގެން،
އެހެންކުދިންނާއި މަޝްވަރާކޮށް މަސައްކަތްކުރިޔަށް ގެންދިޔުމަށް އެހީވެދެއެވެ.
އެއީ، އިންސްޓޭންޓް މެސެޖިންގ އަދި ޑިސްކަޝަން ފޯރަމްތަކުގެ ބޭނުންކޮށްގެންނެވެ.
Ø ޓެސްޓު އަދި އެސެސްމެންޓް: އީ-ލަރނިންގގައި ކުދި ކުއިޒްތައް އަދި ކޮމްޕްރިހެންސިވް
ޓެސްޓްތައް ނެގޭގޮތަށް ފަރުމާކުރެވިފައިވެއެވެ.
Ø ގްރޭޑިންގ އަދި ސްކޯރިންގ: ކުދިންގެ ކުރިއެރުމާއި ނަތީޖާ ފަސޭހަކަމާއެކު ބަލާލެވެން
ހުރެއެވެ (އީ-ލަރނިންގ އިންޑަސްޓްރީ، 2015).
އެލް.އެމް.އެސް
ގެ ފައިދާތައް
ޓެކްނޮލޮޖީގެ އެހެނިހެން ވައްތަރުތަކޭ
އެއްގޮތަށް، އެލް.އެމް.އެސް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެފިޝެންސީ އިތުރުކުރެވެއެވެ.
މިއީ، ޚަރަދު ކުޑަގޮތަކަށް، ވަގުތާއި ހަކަތަ އެންމެ އެކަށޭނަ ގޮތުގައި
ބޭނުންކޮށްގެން އެންމެ ފުރިހަމަ މަސައްކަތަކަށް މަގުފަހިކޮށްދޭދިނުމެވެ. މިއީ، މި
ޚިދުމަތް ފޯރިކޮށްދޭ ފަރާތްތަކަށްވެސް، ވަރަށް ޚަރަދުކުޑަކޮށް، ބޭނުންވާ
ކަރިކިއުލަމް، ޓާރގެޓް ގްރޫޕާހަމައަށް ފޯރުކޮށްދިނުމުގައި ބޭނުންކުރަން އެކަށޭނަ
ޕްރޮސެސްއެކެވެ (އީ-ލަރނިންގ އިންޑަސްޓްރީ، 2015).
މީގެ އިތުރަށް، ފާހަގަކޮށްލެވޭ ފަސޭހަތަކުގެ
ތެރޭގައި، އެޑަޕްޓަބަލް އަދި ފަސޭހައިން ބޭނުންކުރެވޭ، އަދި އެއްފަހަރަށްވުރެ
ގިނަފަހަރަށް ބޭނުންކުރެވޭ ސިސްޓަމަކަށްމި ސިސްޓަމް ވުން ހިމެނެއެވެ. ކަރިކިއުލަމް
ހަދާ ފަރާތްތަކަށް އިތުރު ގޮތްގޮތަށް ކަރިކިއުލަމް ތަރައްޤީ ކުރުމަށް، މި ސިސްޓަމް މަގުފަހިކުރެއެވެ. އިކޮނޮމީސް އޮފް ސްކޭލް، ނުވަތަ
ކުންފުނިތަކުން ކުރަންޖެހޭ އިތުރު ޚަރަދުތައް، މި ސިސްޓަމްގެ ބޭނުން ކުރުމުން
ވަރަށް ބޮޑުތަން ކުޑަވެގެންދެއެވެ. ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އަދި
އިވެލުއޭޝަންގައި އިތުރު ކުރިއެރުންތަކެއް މި ސިސްޓަމްގެ ތެރެއިން ލިއްބައިދެއެވެ.
އެއީ، ކުންފުނީގެ މުވައްޒަފުންނަށް އިތުރު ކުރިއެރުން ހޯދާ އިތުރު ހުނަރު
ދަސްކުރުމަށް މި ސިސްޓަމްގެ ތެރެއިން ބާރުއެޅޭނެތީއެވެ(އީ-ލަރނިންގ އިންޑަސްޓްރީ،
2015).
މިކަންތަކުގެ އިތުރުން، ކިޔަވަން، ބޭނުންވާ
ފަރާތްތަކަށް، ޖިއޮގްރަފިކަލީ އިންޑިޕެންޑެންޓްކޮށް ކިޔެވުމުގެ ފުރުޞަތު ހުޅުވިގެން
ދެއެވެ. އެއީ، ބޭނުންތަނެއްގައިހުރެމެ، ބޭނުން ގަޑިއަކު ކިޔަވަން ފުރުޞަތު
ލިބުމުގެ މިނިވަންކަން އެ ފަރާތަކަށް ލިބިގެންވުމެވެ. އެލް.އެމް.އެސް އަކީ
އިންޓަނެޓްގެ ޒަރީޢާއިން އުނގެނުން ކަމަށްވެފައި، އިންޓަނެޓްގެ އެހީގައި ދުނިޔެ ބަވަނަވެފައިވުމީ،
އަދުގެ ތަރައްޤީގެ ސަބަބުން އިންސާނުން ،ފަރުދީ ފެންވަރުގައިވެސް
ކުރިއަރާ ދިޔުމަށް ލިބޭ އިތުރު ހިތްވަރަކާ ބާރެކެވެ(މައިންޑްފްލޭޝް، 2015).
އެލް.އެމް.އެސް
އަކީ އެއް ޕްލެޓްފޯމަކަށް އެކިތަނުން މީހުން ބައިވެރިވުމުގެ ފުރުޞަތު
ހުޅުވާލެވިފައިވާ ސިސްޓަމަކަށް ވެފައި، މި ސިސްޓަމުގެ އެހީގައި ކިޔަވާ
ދަރިވަރުންނަށް، ސޯޝަލް ލަރނިންގ މާޙަޢުލެއް އުފެއްދުމުގެ ޤާބިލުކަން
ލިބިގެންވެއެވެ. މިގޮތުގެ މަތިން، ފޭސްބުކް، ޓުވިޓަރ، ބްލޮގް ފަދަ އިންޓަނެޓުގެ
ވަޞީލަތްތައް ބޭނުންކޮށްގެން، އެއް ދަރިވަރަކު އަނެއްދަރިވަރަކަށް ކިޔެވުމުގައި
އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ފަހިވެގެންދެއެވެ. މި ފަދަ ނިޒާމަކުން
ތަޢުލީމު ޙާޞިލްކުރާއިރު، ކުދިންނަށް، އެކުދިންގެ ބައިވެރިވުން، ފިލާވަޅު
ދަސްކުރުމުގައި އިތުރުކުރުމަށް ބާރުއަޅައެވެ. އެއީ، ފިލާވަޅުތަކުގެ މައްޗަށް،
އެކުދިންގެ ބާރު، އެހެން
ނިޒާމުތަކަށްވުރެ މިނިވަންކަން އޮންނާތީއެވެ. މީގެ މިސާލަކީ، އަމިއްލައަށް
ޑެޑްލައިން ކަނޑައަޅާ ކުރިޔަށް ދިޔުމަށް މި ސިސްޓަމް ބައްޓަންކުރެވިފައިވާތީއެވެ(މައިންޑްފްލޭޝް،
2015).
އެލް.އެމް.އެސް
އަދި އިވެލުއޭޝަން ޓޫލްސް
އެލްއެމް.އެސްގެ އެންމެ މުހިންމު އެއް
ފީޗަރއަކީ، މި ސިސްޓަމްގެ އެހީގައި މޮނިޓަރިން އަދި އިވެލުއޭޝަން އެންމެ ފުރިހަމަ
ގޮތުގައި ފަސޭހަ ކަމާއެކު ކުރެވިގެން ދިޔުމެވެ. ކުންފުންޏެއްގައިނަމަ، އެކުންފުނީގެ
މަސައްކަތް، ޓްރެކްކޮށް، ރެކޯޑް ބެލެހެއްޓުން ހިމެނެއެވެ. މިގޮތަށް
ބެލެހެއްޓުމުގައި ތަފާތު އެޕްލިކޭޝަންތައް ބޭނުންކުރެވެއެވެ. އަދި ދިމާވާ
މައްސަލަތައް ފަސޭހަކަމާއެކު، ފާހަގަކޮށް، އަވަސްޙައްލެއް ގެނައުމަށް އެހީވެދެއެވެ
(މައިންޑްފްލޭޝް، 2015).
ކިޔަވާކުދިންގެ ޕަރފޮރމެންސްވެސް މި
ސިސްޓަމްގެ ދަށުން އެނަލައިޒް ކުރެވެއެވެ. މިގޮތަށް އެނެލައިޒް ކުރުމުގައި،
އެކުދިންނަށް، އެ ސިސްޓަމްއިން ފަސޭހަވަނީ
އަދި ފައިދާވަނީ ކިހާވަރަކަށްތޯ ބެލާލެވެއެވެ (މައިންޑްފްލޭޝް، 2015).
އެލް.އެމް.އެސް
ގެ ކުރިމަގު
އެލް.އެމް.އެސްގެ މާރކެޓް އޮތީ ވަރަށް
އުޖާލާކޮށެވެ. މަސައްކަތްކުރާ މީހުންގެ އާބާދީ އިތުރުވާ، އަދި
މަސައްކަތްތެރިކަމުގެ ދުނިޔޭގައި ގިނަ ހުނަރުތަކެއް ބޭނުންވާ، މިޒަމާނުގައި އީ-ލަރިނިންގެ
ބޭނުން އަންނަނީ ވަރަށް ބޮޑަށް ކުރެވެމުންނެވެ. އަދި ކުރިޔަށް އޮތްތަނުގައި މި
ވަޞީލަތް ބޭނުންކުރާ ޢަދަދު އިތުރުވެގެންދާނެކަމަށް އެންމެން އިއްތިފާގުވެއެވެ
(އީ-ލަރނިންގ އިންޑަސްޓްރީ، 2015).
އެލް.އެމް.އެސް ގެ ބޭނުމާ އެއްވަރަށް،
އެލް.އެމް.އެސްއަށްވެސް ގިނަ ތަރައްޤީތައް އަންނާނެކަމަށް ދިރާސާވެރިން
ލަފާކުރެވެއެވެ. އިތުރު ކޮލަބޮރޭޓިވް ސޮފްޓްވެއަރ ޕްލެޓްފޯމުތަކާ އަދި އިތުރު
މެސެޖިންގ ފްރޭމްވޯކްތަކާ އެކު އީ-ލަރނިންގ ޕްލެޓްފޯރމްތައް ގުޅާލުން، އަދި
ސްޓޯރޭޖް ސްޕޭސް ނެޓްވޯރކް ބޭސްޑް ގޮތްތަކަށް ބަދަލުވުން މިއީ، ކުރިޔަށް
އޮތްތަނުގައި އެލް.އެމް.އެސްއަށް އަންނާނެކަމަށް، ކަމާބެހޭ ޢިލްމުވެރިން
އުއްމީދުކުރާ ބަދަލުތަކެވެ (އީ-ލަރނިންގ އިންޑަސްޓްރީ، 2015).
ރިފަރެންސް
Mindflash. (n.d). Learning management system.
Retrieved from https://www.mindflash.com/lms
e-Learning industry. (2015, October 30). Why a
learning management system is
useful. Retrieved from http://elearningindustry.com/learning- management-system-useful

އަގުހުރި މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ
ReplyDelete